މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.    

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

1

ސުޕަވައިޒަރ

05

  •  ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

5220.00ރ.އިން 5910.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުން.

2

އެސިސްޓަންޓް ސުޕަވައިޒަރ

02

  • ކޮންސްޓްރަކްޝަން ދާއިރާގައި 1-3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  
  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 5690.00 ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓް ތައްޔާރުކުރުން. އަދި މިކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

3

އެސިސްޓަންޓް ސައިޓް އޮފިސަރ

22

  • ޖީ.ސީ.އީ އޭ ލެވްލް ނުވަތަ ޖީ.ސީ.އީ އޯ ލެވްލް
  • މިފަދަ ދާއިރާއަކުން 1-3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 5050.00 ރ.

ސައިޓުގެ އެންމެހައި އިދާރީ މަސައްކަތްކުރުން މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން.

4

ޑައިވަރ

 

01

  • އޯޕަން ވޯޓަރ ޑައިވިންގ ލައިސަންސް

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓްގެ ސަރވޭ މަސައްކަތަށް ބޭނުންވާ ކަންކަން ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުން.

5

މެކޭނިކް

03

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން މެކޭނިކަލް އިންޖިނިއަރިންގ.
  • މަދުވެގެން 2 އަހަރު ގެ ހައިޑްރޯލިކް އިންޖީން، ހެވީ ވެހިކަލް، ކްރޭން، އެކްސްކަވޭޓަރ ފަދަ އިންޑަސްޓްރިއަލް ވެހިކަލް މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ކެޓަޕިލާ، ކޮބެލްކޯ، ނިސާން ޑިސަލް މަރުކާގެ މެޝިނަރީ މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

4400.00ރ.އިން 4720.00 ރ.

ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން؛  ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

6

ޑްރައިވަރ

07

  • CO ކެޓަގަރީގެ ލައިސަންސް ލިބިފައިވުން

4400.00ރ.އިން 4720.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑަމްޕް ޓްރަކް އޮޕަރޭޓް ކުރުމާއި އުޅަނދުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

7

އިލެކްޓްރިޝަން

02

  • އިލެކްޓްރިޝަން ލައިސަންސްއާއިއެކު 2-3 އަހަރުގެ އިލެކްޓްރިކަލް ޓްރޭޑް މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00ރ.އިން 4720.00 ރ.

ރަނގަޅު ފެންވަރުގައި އިލެކްޓްރިކަލް މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

 

 

8

ޕްލަމްބަރ

 

04

  • 1-3 އަހަރުގެ ޕްލަމްބިންގ މަސަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4050.00 ރ.

ރަނގަޅު ފެންވަރުގައި ޕްލަމްބިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

9

ޑްރެޖް މެކޭނިކް

01

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިންހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކްއިންޖީން މަރާމާތުކުރުމުގެތަޖުރިބާ ލިބިފައިވުން.

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހައި ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރުން.

 

10

ޑްރެޖް އޮޕަރޭޓަރ

01

  • ޑްރެޖް އޮޕަރޭޓް ކުރުމުގެ ތަޖުރިބާ

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑްރެޖަރ އޮޕަރޭޓް ކުރުމާއި އަދި ޓްރާސްޕޯޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

11

ޑްރެޖް ކްރޫ

07

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

3850.00 ރުފިޔާ

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރ އަށް ދޭންޖެހޭ އެހީތެރިކަން ދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

12

ލޯޑަރ އޮޕަރޭޓަރ

03

  • ލޯޑަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ލޯޑަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

13

އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • އެކްސްވޭޓަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • ހާރބަރ ޑްރެޖިންގ ބްރޭކް ވޯޓރަ ކޮންސްޓްރަކްޝަން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

4400.00ރ. އިން 5370.00 ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

14

އެސިސްޓަންޓް އެކްސްކަވޭޓަރ އޮޕަރޭޓަރ

03

  • ވެހިކަލްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން 
  • މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

3850.00ރ. އިން 4250.00ރ.

އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރއަށް ދޭންޖެހޭ އެހީތެރިކަން ދިނުން އަދި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދިނުން.  

15

ކައްކާ

05

  • ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކުރަން އެނގުން
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

4400.00 ރުފިޔާ

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިން ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

16

ކައްކާ އެހީތެރިޔާ

03

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.  
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއިންބުއިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ދިނުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

 

17

ހޭންޑީ ޕާރސަން (ލޭބަރ)

10

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.   
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

3850.00 ރުފިޔާ

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް:               ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:                ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖަމަންޓް ޑިޕާރޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން:       ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/ޢިނާޔަތް:    އެޑިއުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް،

                     މެޑިކަލް އިންޝުއަރަންސް (މަޤާމުތަކަށް ކަނޑައެޅިފައިވާ)

އެހެނިހެން:               މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 

                     ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ޖަނަވަރީ 2015ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒުގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަމްބަރ: 3221 332

އީމެއިލް:      [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

22 ރަބީޢުލްއައްވަލް 1436

13 ޖަނަވަރީ 2015
ހޯދާ