މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު _ ސިނާޢީ ސަރަހައްދުން ބިން ދޫކުރުން (ސީ ކެޓަގަރީ)
- މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)332-MS/332/2023/17 އިޢުލާން ބާތިލްކޮށް ދެވަނަ (02) ފަހަރަށް އިޢުލާން ކުރަމެވެ.
- ދިއްފުށީގެ ސިނާއީ ސަރަޙައްދުން 4 ބިން-ސީ ކެޓަގަރީން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 27 އެޕްރީލް 2023 ން 08 މެއި 2023 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ ބީލަން ފޮތް 27 އެޕްރީލް 2023 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަންފޮތުގެ އަގަކީ 500.00 (ފައްސަތޭކަ ރުފިޔާއެވެ). އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 08 މެއި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
27 އޭޕްރިލް 2023
ހޯދާ