މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދާއި ބަނދަރު ބޭނުންކުރާނެ ގޮތުގެ ޕްލޭންއަށް ރައްޔިތުންގެ ހިޔާލު ހޯދުން

މިރަށުގެ ބަނދަރު މަރާމާތުކޮށް އަލުން ބޭނުންކުރަން ފަށާފައިވާއިރު، ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު އެކުލަވާލުމަށާއި، ބަނދަރު ބޭނުންކުރާ އެއްމެހާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ތަރުތީބުކޮށް، އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަޙައްދުތައް ވަކިވަކިން އެނގޭގޮތަށް ކައުންސިލުން ކަނޑައަޅައި އާންމުކޮށް ފެންނާނޭހެން ބަހައްޓަން ކައުންސިލުންވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލުން މިހާރު އެކުލަވާލައިފައިވާ ޤަވާއިދާއި، ބަނދަރު ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލަމެވެ. ހިޔާލު ހުށަހަޅުއްވާނީ ތިރީގައިވާ 02 ލިންކްގައިވާ އޮންލައިން ފޯމް މެދުވެރިކޮށެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި އިޢުލާނާއިއެކު ކައުންސިލުން މިހާރު އެކުލަވާލާފައިވާ "ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާއިދާއި، ބަނދަރު ބޭނުންކުރާނެ ގޮތުގެ ޕްލޭން އާއްމުކުރީމެވެ.

  • ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދަށް ހިޔާލު ހުށަހަޅާ ފޯމް: https://forms.office.com/r/V9xy4SQVCD
  • ބަނދަރު ޕްލޭންއަށް ހިޔާލު ހުށަހަޅާ ފޯމް: https://forms.office.com/r/VVDYA9NyGj

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޭޕްރިލް 2023
ހޯދާ