ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.އަތޮޅުގެ ހަތަރު ރަށުގައި ފުޓްބޯޅަ ކޯޗިންގް ކޭމްޕެއް ހިންގައިދޭނެ ފަރާތެއް ހޯދުން

ޅ.އަތޮޅުގެ ހަތަރު ރަށުގެ ހަތަރު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަދުވެގެން 02 ހަފްތާގެ މުއްދަތަށް، ކޮންމެ ރަށަކުން 30 ބައިވެރިންނަށް އަމާޒުކޮށްގެން ހިންގާ ފުޓުބޯޅަ ކޯޗިންގް ކޭމްޕް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

ބީލަމާއިގުޅުންހުރި މުހިއްމު މަޢުލޫމާތު މިއިޢުލާނާއި އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ފުޓުބޯޅަ ކޯޗިންގް ކޭމްޕް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުން އޮންނާނީ 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ހުށަހަޅާ ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗް އާރ އެންޑް އިންފޮމޭޝަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331

އީމެއިލް: [email protected]

27 އޭޕްރިލް 2023
ހޯދާ