މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާބެހޭ:

މި އިޢުލާންވަނީ 11 ޑިސެންބަރު 2023 09:32 ގައި ބާތިލް ކުރެވިފައެވެ.


(IUL)296/296/2023/27ނަންބަރ:

ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާބެހޭ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން، 16,000 (A) ( ސޯޅަހާސް އަކަފޫޓް ) އަދި ،10،000 (C)( ދިހަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލާން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ މައުލޫމާތު:

 

 
   


ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު  އަހަރަަކަށް (ދިވެހި ރުފިޔާ)

 

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު މަކަށް

ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު (ދިވެހި ރުފިޔާ)

 ސަރަހައްދުގެ ބޮޑުމިން

 (އަކަފޫޓު)

ބިމުގެ ނަންބަރު

88,819.20

7401.60

ކުއްޔަށް ނަގާ ފަރާތުން ބިން "A"ގެ ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު × 12

16,000

A

55,512.00

4,626

ކުއްޔަށް ނަގާ ފަރާތުން ބިން "C"ގެ ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު × 12

10،000

C

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 26 އޭޕްރީލް 2023 އިން 18 މޭ 2023 ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00  ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  info@fodhdhoo.gov.mv     މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މި މީޓިން ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ނަން، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ހިމެނޭހެން، [email protected] އަށް، 07 މެއި 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލްކުރަންވާނެއެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 04 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

               ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                            6 ޝައްވާލް 1444

                    26 އެޕްރީލް 2023

26 އޭޕްރިލް 2023
ހޯދާ