ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހދ. ކުޅުދުއްފުށީ އުސްގެ ކިޔާ ގޯތީގައި ހުރި އިމާރާތް (ޚިދުމަތް 3) ، 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

 ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހދ. ކުޅުދުއްފުށީ އުސްގެ ކިޔާ ގޯތީގައި ހުރި އިމާރާތް (ޚިދުމަތް 3) ، 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް  https://forms.office.com/r/wm2tyUjLmm

ތަފްސީލް

ތާރީޚް

ގަޑި

 ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏08‏ މެއި‏ 2023‏ (ހޯމަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏09‏ މެއި‏ 2023‏ (އަންގާރަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏10‏ މެއި‏ 2023‏ (ބުދަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527192 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏26‏ އޭޕްރިލް‏ 2023‏ (ބުދަ‏) ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. 

26 އޭޕްރިލް 2023
ހޯދާ