މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'' އަތޮޅުވެށި '' ލާންޗް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މި ކައުންސިލްގެ އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު: G9093A-02 7-E '' އަތޮޅުވެށި '' ލާންޗު، އެ ލާންޗުގައިހުރި ޔަމަހާ 150 ހޯސްޕަވަރުގެ ޓޫސްޓްރޯކް އައުޓްބޯޑް އިންޖީނާއެކު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު: IUL-229-AHI/2013/21 ( 09 މެއި 2013 ) ގެ އިޢުލާނުގައި ދެންނެވިފައިވާގޮތާ ޚިލާފަށް އަގުތައް ލިބެމުން ދިއުމާއެކު އެ އިޢުލާން ބާތިލުކޮށް މި ކައުންސިލް ގެ އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު: G9093A-02 7-E '' އަތޮޅުވެށި '' ލާންޗު،  އެ ލާންޗުގައިހުރި ޔަމަހާ 150 ހޯސްޕަވަރުގެ ޓޫސްޓްރޯކް އައުޓްބޯޑް އިންޖީނާއެކު ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާނު ކުރަމެވެ. މިއީ ގަލްފުކުރާފުޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިބަރުން ހަދާފައިވާ 6.150 މީޓަރ ދިގު 2.240 މީޓަރ ފުޅާ، ވޯޓަރ ސްޕޯރޓްސް ގައި ބޭނުން ކުރާ ލާންޗެކެވެ. މި ލާންޗް އުފައްދާފައިވަނީ 18 ޖުލައި 2007 ގައެވެ. މިއީ ވަރަށް މަދުން ދުއްވާފައިވާ ލާންޗެކެވެ. މި ލާންޗް ނީލަމުން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖޫން 2013 ދުވަހުން ފެށިގެން އަގު ހުށަހަޅުއްވާނީ ސިޓީއަކުން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ސިޓީގައި އަގުހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީކާޑުގެ ނަންބަރު އަދި ފޯނު ނަންބަރު ލިއުއްވަން ވާނެއެވެ. ސިޓީ ފޮނުއްވާނީ މިއޮފީހުގެ  ފެކްސްނަންބަރު  6580238   އަށްނުވަތަ މި އޮފީހުގެ ކައުންޓަރަށެވެ. ނީލަން ފެށޭއަގަކީ -/75000 ( ހަތްދިހަ ފަސްހާސް ރުފިޔާ ) އެވެ.  އަގު ހުށަހަޅާ ފަރާތްތަކުން އިތުރު ކުރެވޭނީ އެންމެ މަދުވެގެން ފަހަރަކު -/5000 ( ފަސްހާސް ) ރުފިޔާ  އެވެ. ނީލަމަށް ހުށަހެޅޭ އެންމެ ފަހުގެއަގު 11 ޖޫން 2013 ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 12.00 ގައި ރަށުކައުންސިލްތަކުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް ލާންޗުގެ ނީލަމުގެ އަގު އަރައިފިކަމަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ފެނިއްޖެނަމަ، ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި 48 ގަޑިއިރު ވަންދެން އަގު ބަދަލުނުވެ އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ލާންޗުގެ ނީލަން ނިންމާ ލެވޭނެއެވެ. ނީލަން ނިމޭ ފަރާތަށް ނީލަން ނިމުނުކަމަށް އެންގުމުން 3 ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލޯންޗް ނީލަމުގެ ފައިސާ ދައްކައި ލާންޗާ ޙަވާލުވާން ވާނެއެވެ. މި ލާންޗް މިހާރު އޮތީ ރ. އަތޮޅު ކައުންސިލްގެ އިދާރާގެ ދެކުނު ފަރާތު ގޯތި ތެރޭގައެވެ. ނީލަން ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ލާންޗް ބައްލަވަން ބޭނުންފުޅު ވާނަމަ، މި އިދާއަށް ވަޑައިގަތުމުން ބެއްލެވޭނެ އިންތިޒާމު ވަނީ ހަމޖެހިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި އެންމެފަހުގެ އަގު ސާފުކުރެއްވުމަށް  ބޭނުންފުޅުވާ ފަރާތްތަކުން  ރަސްމީ ގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނަށް ގުޅުއްވުމުން ސާފުކޮށްދެވޭނެއެވެ.

25  ރަޖަބު  1434

04 ޖޫން 2013
ހޯދާ