ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ހދ.އަތޮޅުގެ 12 ހެލްތު ސެންޓަރުގެ ކުނި ވަކިކުރުމަށް ބޭނުންވާ ކަލަރ ކޯޑެޑް ޑަސްޓްބިން އަދި ޑަސްޓްބިން ބޭގް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.
އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ހދ.އަތޮޅުގެ 12 ހެލްތް ސެންޓަރުގެ ކުނި ވަކިކުރުމަށް ބޭނުންވާނެ ކަލަރ ކޯޑެޑް ޑަސްޓްބިން އަދި ޑަސްޓްބިން ބޭގް 1 (އެކެއް) އަހަރުގެ މުއްދަތަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)KRH/PLD/2023/4 (16 ޖަނަވަރީ 2023) އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާސް އަދި ސްކޯޕަށް ބަދަލު ގެނައުމަށް ބޭނުންވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 26 އެޕްރީލް 2023 ވާ ބުދަ ދުވަހުން ފެށިގެން 8 މޭ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާގެ އެނެކްސް 1 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 26 އެޕްރީލް 2023 ވާ ބުދަ ދުވަހުން ފެށިގެން 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ރެކުއަމަންޓްސް އަދި ސްޕްސިފިކޭޝަންސްގެ ތަފްޞީލް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)
- ތާރީޚް: 18 މޭ 2023 ވާ ބުރާސްފަތި ދުވަސް
- ގަޑި: 11:00 ގައި
26 އޭޕްރިލް 2023
ހޯދާ