މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސްގެ ޢަމަލީ އިމްތިޙާން ހެދުމާ ގުޅޭ

މި އިދާރާ މެދުވެރިކޮށް އެއްގަމު ލައިސަންސް ނެގުމަށް ފޯމް ހުށައަޅައިފައިވާ ފަރާތްތަކުގެ ތެރެއިން އެއްގަމު ލައިސްނަސް ފޮތަށް ކެޓެގަރީ އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުންނާއި، ތިއަރީ އިމްތިހާނުން ފާސްވެ ޢަމަލީ އިމްތިޙާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެއްގަމު ލައިސަންސް ޢަމަލީ އިމްތިޙާން ހެދުމަށް ދައްކަންޖެހޭ  200/- ރުފިޔާ 30 އޭޕްރީލް 2023ވާ އާދީއްތަ ދުވަހުން ފެށިގެން 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއިދާރާގެ ބޭންކް އެކައުންޓަށް ޓްރާންސްފަރ މެދުވެރިކޮށް ދައްކަވައިދެއްވުން އެދެމެވެ.  ޓްރާންސްފަރ ކުރައްވާއިރު ރެފަރެންސްގައި އެބޭފުޅެއްގެ ނަމާއި އައިޑީކާޑު ނަންބަރު ޖެއްސެވުން އެދެމެވެ. އަދި ޓްރާންސްފަރ ސްލިޕް ތިރީގައިވާ ނަންބަރަށް ވައިބަރކޮށްދެއްވުން އެދެމެވެ. އެއްގަމު ލައިސަންސްގެ ޢަމަލީ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވަނީ 27،26 މެއި 2023 ވާ ހުކުރު، ހޮނިހިރު ދުވަހުއެވެ.  

އެކައުންޓް ނަން: 1364 ރެވެނިއު 2

އެކައުންޓް ނަންބަރު: 7719 700389 002

ވައިބަރ ނަންބަރު: 9681294   

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޭޕްރިލް 2023
ހޯދާ