މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، ލޯގޯ ފަރުމާކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން މިކައުންސިލުން ލޯގޯއެއްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 5000.00 ( ފަސްހާސް ރުފިޔާގެ ) ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ
25 އޭޕްރިލް 2023
ހޯދާ