މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ލިސްޓް އިސްލާހުކުރުން

          ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައި 17 އެޕްރީލް 2023 ގައި ކުރެވިފައިވާ އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ލިސްޓުގެ ފަހަތަށް 3 ލިޔުމެއް އިތުރުކޮށް، އިސްލާހުކުރެވިފައިވާ ފޯމު މި އިޢުލާނާއެކު ޢާއްމުކުރީމެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ލިސްޓަށް މި ބަދަލު ގެނެވުނު ނަމަވެސް ލިސްޓުގައި މި ހިމެނުނު ލިޔުންތަކަކީ އެ ލިޔުންތަށް ހުށަހެޅުމަށް އުސޫލުގައި ބަޔާންކޮށްފައިވާ ލިޔުންތަކެއްކަމަށް ވާތީއާއި ފޯމަށް އިތުރު ބަދަލެއް ގެނެވިފައި ނުވާތީ މިހާރު ފޯމު ނަގާފައިވާ ފަރާތްތަކުން އަލުން ފޯމު ނަގަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އިތުރު ލިޔުމެއް ހުށަހަޅަން ބޭނުން ނަމަ އުސޫލުގައިވާ ގޮތުގެމަތީން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޭޕްރިލް 2023
ހޯދާ