ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާރޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ސްޓޮކް އިޝޫ ނޯޓް އާއި ސްޓޮކް ރިޓާރން ނޯޓް ހެދުން
- ނޮން ސްޓޮކް އައިޓަމް ދޫކުރުން
- ސްޓޮކް އޯޑަރ ރިކުއެސްޓް ހެދުމާއި ވެލިޑޭޑް ކުރުން
- އެމަރޖެންސީ ވަގުތު ތަކުގައި ހަމަޖެހިފައިވާ ޤަވައިދާ އެއްގޮތަށް މުދާ ބަލައިގަތުމާއި ސްޓޮކަށް ވެއްދުން.
- ރާއްޖެއިން ގަންނަ މުދާ (ލޯކަލް މުދާ) ޕާރޗޭސް އޯޑަރ (ޕީ.އޯ) ކުއަންޓިޓީ އާއި ދިމާވޭތޯ ބެލުމާއި އަދި މުދާ ހަލާކުވެފައިވޭތޯ ބެލުން
- ހަމަޖެހިފައިވާ ގޮތެއްގެ މަތީން ސްޓޮކް ކައުންކުރަމުން ގެންދިޔުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
29 އެޕްރީލް 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 29 އެޕްރީލް 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
05 ޝައްވާލް 1444
25 އެޕްރީލް 2023
|