މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަފްލާއަށް ހޯލް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ހަފްލާއަށް ހޯލް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީ އިން ބާއްވާ " ޕްރެޒިޓެންޑް ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް އެވޯޑިންގ " ހަފްލާ އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)475-Admin/475/2023/52 ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމާއި ޓާރމްސް އޮފް ރިފަރެންސް އަށް ބައެއް ބަދަލު ގެނެސްފައިވާތީ، އެ ޢިއުލާން ބާތިލްކޮށް ހަފްލާގެ ހޯލް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރީމެވެ.

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 އޭޕްރިލް 29 ގެ 12:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 އޭޕްރިލް 30 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 މޭ 03 ގެ 11:30 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ. މި އިއުލާނާއެކު ޓާރމްސް އޮފް ރިފަރެންސް ގެޒެޓް ކޮށްފައިވާނެއެވެ.

25 އޭޕްރިލް 2023
ހޯދާ