ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 އެޕްރީލް 2023 09:12 ގައި ބާތިލް ކުރެވިފައެވެ.
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު:(IUL)22-EDF/22/2023/136
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެދުރުހިޔާ އިމާރާތުގެ 67 ފާޚާނާގެ ޝަވަރު ސެޓް އަޅުވައިދޭނޭ ފަރާތެއް ބޭނުންވެއްޖެ
1) އެދުރުހިޔާ ބައެއް ފްލެޓްތަކުގެ 67 ފާޚާނާ ގައި މިހާރު ބޭނުންކުރަމުންދާ ޝަވަރުސެޓްތައް ނަގައި، އައު ޝަވަރުސެޓް އަޅުވައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
2) މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް، މަޢުލޫމާތު ސާފުކޮށްދިނުން 30 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
3) ބީލަން ހުށަހަޅާ ފަރާތުން -/5,000 (ފަސް ހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
4) ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 04 މެއި 2023 ވަނަ ދުވަހުގެ 11:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
5) މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
6) އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193 / 3341194
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]