ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 ބ. ދަރަވަންދޫ ޞިއްޙީމަރުކަޒުގައި ހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު 1/2014/221/IUL23-APފ(06/11/2014) ގައި ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބު ފުރިހަމަނުވާތީ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ބ. ދަރަވަންދޫ ޞިއްޙީމަރުކަޒު، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ބ. ދަރަވަންދޫ ޞިއްޙީމަރުކަޒު، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

22 ރަބީޢުލްއައްވަލް 1436

13 ޖަނަވަރީ 2015
ހޯދާ