ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލްކުރުން (އޭޕްރިލް 2023)

އިޢުލާން

  ރައްޔިތުންނާއި ބައްދަލްކުރުން (އޭޕްރިލް 2023)

 

                ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1ގެ "ނ" މި މާއްދާގެ ދަށުން ބާއްވަން ޖެހޭ މަސްވަރާ ބައްދަލްވުން 30 އޭޕްރިލް 2023ވާ އާދިއްތަ ދުވަހުގެ ރޭ 20:30ގައި ލ.ކުނަހަންދޫ ކައުންސިލްގައި އޮންނާނެއެވެ.

މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.

 

  1. ތަރައްޤީ ޕުލޭނަށް ސިފައަންނަމުންދާ ގޮތް ( މާރިޗް ، އޭޕްރީލް2023)
  2. ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތަފްސިލު ދިނުން
  3. ރަށުގައި ހިނގާ މަސްރޫއު ތަކާއި ގުޅޭ މައުލޫމާތު
  4. ކައުންސިލުން ކުރިއަށްދާ ކަންކަމުގައި މަސްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން
  5. ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު(އާންމުކުރުން)
  6. ރައްޔިތުންނާއެކު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލު(އާންމުކުރުން)

     

                ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ. މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދި ދައުވަތު އަރުވަމެވެ.

24 އޭޕްރިލް 2023
ހޯދާ