ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މޯލްޑިވްސް ލޭންޑް ޔޫސް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 471-DNPS2/288/2022/17 ސިޓީއިން މިލަޑުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިހްތިސާސް ގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 1350 (އެއް ހާސް ތިން ސަތޭކަ ފަންސާސް) އަކަފޫޓުގެ 20 (ވިހި) ގޯތި ދޫކުރުމުގެ ހުއްދަ ދީފައިވާތީވެ، ގޯތި ދޫކުރުމުގައި އަމަލުކުރާނޭ ގޮތް ބަޔާންކުރާން ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދަށް ރިޢާޔަތްކޮށް އެކުލަވައިލައި ފާސްކޮށް އާއްމުކޮށްފައިވާ [ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023] ވާ ގޮތުގެ މަތީން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާނީ [ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް] މެދުވެރިކޮށެވެ. މި ފޯމު 2023 އެޕްރީލް 26 އިން ފެށިގެން 2023 ޖޫން 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 ށް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 އެޕްރީލް 26 ން ފެށިގެން 2023 ޖޫން 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މި އިދާރާގައި އެކަމަށް ކަނޑައެޅިފައިވާ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6560015 ފޯނައް ގުޅުއްވުން އެދެމެވެ.
މި އިޢުލާނާއިއެކު ތިރީގައިވާ މި ދަންނަވާ ތަކެތި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
- ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
- ނ.ކުޑަފަރިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް
- ގޯތި ދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓު
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.