މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
25 އޭޕްރިލް 2023 ވަނަ ދުވަހު ހުޅުމާލޭގައި އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކާއި ގުޅޭ

 އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ތަކެއް 2023 އޭޕްރީލް 25 ވަނަ ދުވަހުގެ 06:00 އިން 17:30 އަށް ކ. ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި، ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

24 އެޕްރީލް 2023
ހޯދާ