ދިވެހިރާއްޖެ
އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމް ކުރުމަށް ބޭނުންވާ ބައެއް މެޑިކަލް މެޝިނަރީސް އަދި އިކުއިޕްމަންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު KRH/PLD/2023/21 (IUL) އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާސް އަދި ސްކޯޕަށް ބަދަލު ގެނައުންމަށް ބޭނުންވާތީ އެ އިޢުލާނު ބާތިލު ކޮށް، އަލުން މި ބީލަމަށް ފުރުސަތު ހުޅުވާލަމަށް ކުރެވޭ އިޢުލާނެކެވެ. ގެޒެޓު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއެކު އެޓޭޗްކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލުގެ ބްލަޑް ބޭންކް ޤާއިމު ކުރުމަށް ބޭނުންވާ މެޑިކަލް މެޝިނަރީސް އަދި އިކުއިޕްމަންޓްގެ ތަފްޞީލެވެ.
ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވައިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދީ އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 24 އެޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 7 މޭ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.
- އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާނު ނަންބަރު ރިފަރެންސް އަކަށް ޖެހުމަށް ވެސް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް އިޢުލާނުގެ އެނެކްސް - 2 ގައި ވާ "ބިޑް ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ނަމަ 24 އެޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 11 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- މި ބީލަމަށް ރަޖިސްޓަރ ކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 14 މޭ 2023 (އާދީއްތަ ދުވަސް)
- ގަޑި: 11:00 ގައި