ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: GS-203/IUL/2023/14 |
އަންދާސީ ހިސާބު ބޭނުންވެއްޖެ
|
ތާރީޚް: 24 މާރިޗް 2023 |
ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން
މި ސްކޫލުގެ ކުރަންޖެހޭ -/35000 (ތިރީސް ފަސް ހާސް) ރުފިޔާއިން ދަށުގެ މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް (02 ޖޫން 2023 ން 01 ޖޫން 2024 އަށް) ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤު ވެރިވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި 2023 މެއި 02 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ސްކޫލް ގެ ކައުންޓަރަށް ހަވާލުކޮށްދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
24 އެޕްރީލް 2023