ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
ބޭނުންވާ ޢަދަދު |
ް1 |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ޑިވިޝަން/ ސެކްޝަން |
އެޑްމިން |
||
ވަޒިފާ އަދާކުރަންޖެހޭ ތަން |
ދ. މާއެނބޫދޫ ސިއްޙީ މަރުކަޒު / ދ. މާއެނބޫދޫ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތް |
1. މަރުކަޒަށް ލިބޭ ސިޓީ މެސެޖްފަދަ ތަކެތި ނަގައި، ޖަވަބުދޭންޖެހޭ އެންމެހައި ލިޔުންތަކަށް، ހިންގަން ހުންނަ ވެރިއެއްގެ ލަފާގެމަތިން ޖަވާބުދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން. 2. ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުމާއި، ރިޕޯޓް ފޮނުވުމާއި، މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. 3. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، މުވައްޒަފުންގެ ރިކޯޑް ބެލެހެއްޓުމާއި، އެފަދަ ކަންކަމާ ބެހޭގޮތުން ވެރިއަކަށް ހުންނަވާ ބޭފުޅަކު އަންގަވާގޮތެއްގެމަތިން ޤަވައިދާ އެއްގޮތަށް ޢަމަލުކުރުން. 4. އެކިއެކި ފަރާތްތަކުން ލިބޭ ބިލުތައް ހުއްދަދޭ ފޮތުގައި ލިޔެ، ޚަރަދުތައް ކުރުމާއި، އައިޓަމް ބާކީ ބެލެހެއްޓުން. 5. ބަޖެޓާބެހޭ އެންމެހައި ލިޔުންތައް ސަރުކާރުގެ ޤަވައިދުތަކާ އެއްގޮތަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން. 6. މަރުކަޒަށް ލިބޭ ސިޓީ، ބިލު، މެސެޖްފަދަ ތަކެތި އެންޓްރީކުރުމާއި، ފައިލްކުރުމާއި، ފޮނުވާ ސިޓީއާއި މެސެޖާއި އެނޫން ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 7. މަރުކަޒުން ހިންގާ އެކިއެކި ޕްރޮޤްރާމްތަކާއި، ދިމާވާ ހާދިސާތަކާބެހޭ ޚަބަރާއި ރިޕޯޓް ފަދަ ތަކެތީގެ ރިކޯޑް ބެލެހެއްޓުން. 8. އެޑްމިނިސްޓްރޭޓިވް އޮފިސަރުން ފެށިގެން ދަށުގެ މަޤާމްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި، މަސައްކަތަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރުން. 9. ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ ބެލެހެއްޓުން. 10. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ ރަސްމީ މަސައްކަތް ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ |
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ޢިނާޔަތްތައް |
1. ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަނޑި |
2015 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ދ. މާއެނބޫދޫ ސިއްޙީ މަރުކަޒަށް. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
29 ޖަނަވަރީ 2015 ން 15 ފެބުރުވަރީ 2015 އާ ދެމެދު ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުގައި. |
||
ނޯޓް: |
މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 67600876760045 އެވެ. |
||
22 ރަބީއުލްއައްވަލް 1436 |