މަޤާމު:
|
ސީނިއަރ ލެބޯޓްރީ ޓެކްނޮލޮޖިސްޓް
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS.3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ޑިވިޜަން
|
ލެބޯޓްރީ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ލެބޯޓްރީގައި ކުރަމުންގެންދާ ތެލަސީމިއާ ޓެސްޓްކުރުމާއި، ލެބޯޓްރީގައި ކުރަންޖެހޭ އެހެނިހެން ޓެސްޓްތައް ކުރުން.
- ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ބެލުމާއި، ލެބޯޓްރީގައި ބޭނުންކުރާ ޕްރޮޓޮކޯލްސް، ގައިޑްލައިންސް، އެސް.އޯ.ޕީ ފަދަ ތަކެތި ތައްޔާރުކުރުން.
- ލެބޯޓްރީގެ ޓެސްޓްތައް ކުރުމަށް ބޭނުންވާ ލެބޯޓްރީ ރިއެޖެންޓްސް، ކެމިކަލްފަދަ ތަކެތި ގަވާއިދުން އޯޑަރުކޮށްގެން ހޯދުމާއި، އެތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި، ތަނުގެ މަސައްކަތް މެދުނުކެޑި ކުރިއަށްގެންދެވޭނެގޮތަށް ރާވައި ހަމަޖެއްސުން.
- ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީތަކާއި އިކްވިޕްމަންޓުތައް ބެލެހެއްޓުމާއި، ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ލެބޯޓްރީން ޑިސްކާޑްކުރަންޖެހޭ ބްލަޑް ފަދަ ތަކެތި ޑިސްއިންފެކްޓްކޮށް، އޮންނަ ޤަވާއިދެއްގެމަތިން ނައްތާލުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުވުން.
- ލެބޯޓްރީ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި، ޕަރފޯމަންސް އެޕްރައިސަލް ހެދުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ލެބޯޓްރީގެ ދާއިރާއިން އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމު:
|
ލެބޯޓްރީ ޓެކްނޮލޮޖިސްޓް
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ޑިވިޜަން
|
ލެބޯޓްރީ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި، ޕޭޝަންޓުންގެ ލޭނެގުން.
- ލެބޯޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި ލިޔުން ފަދަ ތަކެތި އެފަރާތްތަކަށް ފޮނުވުމާއި އޭގެ ރިޕޯޓްތަކާއި ރެކޯޑްތައް ބެލެހެއްޓުމާއި ކައުންސިލިންގ ދިނުން.
- ލެބޯޓްރީން ދޫކުރެވޭ ރިޕޯޓްތަކާއި ނަތީޖާތައް ޗެކްކޮށް ދޫކުރުން.
- ލެބޯޓްރީގައި ގެންގުޅޭ މެޝިނަރީތަކާއި އިކްވިޕްމަންޓްތައް ސާފުކުރުމާއި، ބެލެހެއްޓުމާއި، ލެބޯޓްރީއަށް ލިބޭ މެޝިނަރީސް، އިކްވިޕްމަންޓްސް،ރިއޭޖެންޓްސް، ކޮންޒިއުމަބަލްސް ފަދަ ތަކެތި ޗެކްރުމަށްފަހު ބަލައިގަތުން.
- ޑޯނަރުންގެ ގައިން ލޭނެގުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
ލެބޯޓްރީ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޜަން
|
އެޑްމިނިސްޓްރޭޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މެޑިކަލް ސަޕްލައިސްއާއި ޖެނެރަލް ސަޕްލައިސް ހޯދައިދިނުމާއި، އޮފީހަށް ލިބޭ އެންމެހައި ތަކެތި ހަވާލުވެ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- އިންވެންޓްރީ ބެލެހެއްޓުމާއި، އޮފީހުގެ މެއިންޓެނެންސްގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އޮފީހުން ޗާޕުކުރަންޖެހޭ ހުރިހާ ތަކެއްޗެއް ޗާޕުކުރުމުގެ އެންމެހައި ކަންކަން ކުރުމާއި ބެލެހެއްޓުން.
- އޮފީހަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ހަވާލުވެ، އެންޓްރީކޮށް، އެއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- އޮފީހުގެ މަސަތްތަކަތާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ތަންތަނަށް އެތަކެތި ފޮނުވައި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ www.mbs.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
- އިނގިރޭސި ބަހުގެ ފެންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަން އެނގުން / މަސައްކަތް ރާވައި ހިންގުމުގެ ޤާބިލްކަން ހުރުން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ރަމަޟާންމަހުގެ ޢިނާޔަތް.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
- ޑިއުޓީ އުޞޫލުން މަސައްކަތް ކުރަންޖެހޭނަމަ، ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.
|
ސުންގަޑި
|
2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، މޯލްޑިވިއަން ބްލަޑް ސަރވިސަސް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ ފެބުުރުވަރީމަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް (މަޖީދީމަގު) ގައި.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3333886 އެވެ.
|
22 ރަބީޢުލްއައްޥަލް 1436 |