ދިވެހިރާއްޖެ
ނަންބަރ:7(IUL)NSA-VAM/NSA-VAM/2023/
އިޢުލާން
އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެން ޑިވިޜަން'' ފަސްކުރުމާއި ބެހޭ:
2023 މެއި 20 ވަނަ ދުވަހު ނޭޕާލުގައި ބޭއްވުމައް ހަމަޖެހިފައިވާ ''ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް 2023'' ގައި ބައިބެރިވެފައިވާ ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޓީމު މިމުބަރާތައް ތައްޔަރުވުމުގެ ގޮތުން ދަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެންޑިވިޜަން'' ގައި ބައިވެރިވެފައިވާ ބައެއް އޮފީސް - ކުންފުނިތަކުގައި ހިމެނޭ ޤައުމީ ޓީމުގެ އަންހެން ކުޅުންތެރިންނަށް މި މުބާރާތުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމައް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ޤަބޫލުކުރަމެވެ. އެހެންކަމުން މިމުބާރަތުގައި ބައިވެރިވެފައިވާ ބައެއް އޮފީސް - ކުންފުނިތަކުން މިމުބާރާތް ފަސްކޮށްދިނުމައް އެދިފައިވާތީ، 2023 މެއި 01 ވަނަ ދުވަހު ފެށުމައް ތާވަލުކުރެވިފައިވާ އިންޓަރ އޮފީސް - ކޮމްޕެނީ ޗެމްޕިއަންޝިޕް 2023 ''އަންހެންޑިވިޜަން'' ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މި މުބާރާތް ބޭއްވޭނެ ތާރީޙް ފަހުން އިއުލާނު ކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.