ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަލާލުއްދީން ސްކޫލް ކުޅޭބިމުގައި ހިޔާގަނޑެއް ހެދުން
އިޢުލާން
- މި ސްކޫލުގެ ޕީ.ޓީ.އޭގެ ފަރާތުން ސްކޫލް ކުޅޭބިމުގައި ހަދަންބޭނުންވާ "ހިޔާގަނޑު" ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ސްކޫލުންކުރި ނަންބަރު: GS53/IUL/2023/03 (20 މާރިޗު 2023) އިޢުލާނާގުޅިގެން ހުށަހެޅުއްވި ބީލަންތަކުގެ އަގު މިކަމަށް ޕީޓީއޭއިން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވުމުން، މި އިޢުލާން ބާޠިލްކޮށް ޚަރަދު ކުޑަކުރުމަށް ޓަކައި ހިޔާގަނޑަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށްފަހު، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ހިޔާގަނޑު ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2023 އެޕްރީލް 20 އިން 2023 މޭ 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މޭ 02 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ، 2023 މޭ 03 ވާ ބުދަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލް އޭވީ ރޫމް 01 ގައެވެ.
- ބިޑް ހުށަހަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2023 މޭ 9 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމްގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
20 އޭޕްރިލް 2023
ހޯދާ