ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ކުރިޔަށް ގެންދާ ކޯސްތައް އިސްތިހާރު ކުރުމާއި އެކި އިވެންޓްތަކަށް ބޭނުންވާ ފްލަޔަރސް / ލީފްލެޓް، އެންވެލޮޕް އަދި ފޮތް ދިގު މުއްދަތަކަށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ކުރިޔަށް ގެންދާ ކޯސްތައް އިސްތިހާރު ކުރުމާއި އެކި އިވެންޓްތަކަށް ބޭނުންވާ ފްލަޔަރސް / ލީފްލެޓް، އެންވެލޮޕް އަދި ފޮތް ދިގު މުއްދަތަކަށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
04 މެއި 2023 10:30އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
04 މެއި 2023ގެ 11:30 އަށް |
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.
29 ރަމަޟާން 1444