މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

އިޢުލާން

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:  ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

ޝަރުޠު: ލެބޯރެޓަރީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުން.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރަން ބޭނުންވާ ރަށެއް ބަޔާންކޮށްފައި، 2015 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި މިނިސްޓްރީއަށް ސިޓީއަކުން (އިޢުލާނާ ޙަވާލާދީފައި) ހުށަހެޅުން އެދެމެވެ.  ވަޒީފާ އަދާކުރަން ބޭނުންވާ ރަށުގައި ހުސްމަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ، ވަޒީފާ އަދާކުރަން ބޭނުންވާ ދެވަނަ ރަށާއި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން)  ހުށަހެޅުން އެދެމެވެ. އެރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ މަޤާމަށް މީހަކު ހޮވާނީ، އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަވިއުކޮށްގެންނެވެ.   

މި ވަޒީފާއަށްއެދި ހުށަހަޅާއިރު، ލިބިފައިވާ ލެބޯރެޓަރީ ސެޓްފިކެޓާއި ރެޖިސްޓްރޭޝަނާއި އައި.ޑީ ކާޑުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ  ސެޓްފިކެޓް) ހުށަހެޅުން އެދެމެވެ. ސެޓްފިކެޓް ނުލިބޭނަމަ، ސެޓްފިކެޓް އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމާއި، ކޯސް ނިންމިކަމުގެ ލިޔުމާއި، ޓްރާންސްކްރިޕްޓް) ހުށަހެޅުން އެދެމެވެ. މިކަންކަން ފުރިހަމަނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލް ކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3014400، 3014437 ފޯނަށް ގުޅުން އެދެމެވެ.

                                  ------------------------------

                                    22 ރަބީއުލްއައްޥަލް 1436  

13 ޖަނަވަރީ 2015
ހޯދާ