ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ދިރިއުޅުމަށްޓަކައި ވިއްކާފައިވާ ގޯތިތަކުގެ އެއްބަސްވުން ބަދަލުކުރުމާގުޅޭ

ހުޅުމާލޭގައި ދިރިއުޅުމަށްޓަކައި ވިއްކާފައިވާ ގޯތިތައް ގަނެފައިވާ ފަރާތްތަކާއެކު، މިކޯޕަރޭޝަނުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ "ބަދަލުކުރުން" މި މާއްދާގެދަށުން އެއްބަސްވުން އެހެންފަރާތަކަށް ބަދަލުކުރުމާ ގުޅޭގޮތުން މި ކޯޕަރޭޝަނުން 13 ޖޫން 2013 ގައި ކޮށްފައިވާ ނަންބަރު: HDC(161)-EM/IU/2013/52 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.

އެއްކޮށް އަގުއަދާކޮށްފައިވާ ފަރާތްތަކުން އެއްބަސްވުން ބަދަލުކުރުމަށް އެދެމުންދާތީ، ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަށް (4.) މި މާއްދާ 11 ޖަނަވަރީ 2015އިން ފެށިގެން އިތުރުކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

ވީމާ، އެއްބަސްވުން ބަދަލުކޮށްދެވޭނީ ގޯތި ވިއްކިއިރު ކަނޑައަޅާފައިވާ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.

  1. އެއްބަސްވުން ބަދަލުކުރެވޭ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި، ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓު ހަމަވާ ބިމެއް ލިބިފައިވާ މީހަކަށް ނުވުން.
  2. އެއްބަސްވުން ބަދަލުކުރެވޭ ތާރީޚާ ހަމައަށް އެއްބަސްވުމުގެ ދަށުން މިކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކަވާނަމަ، އެފައިސާ އެއްކޮށް ދައްކައި ޚަލާޞް ކުރުން.
  3. އެއްބަސްވުން ބަދަލުކުރުމުގެ ފީއެއްގެ ގޮތުގައި -/7500ރ (ހަތްހާސް ފައްސަތޭކަ ރުފިޔާ) މިކޯޕަރޭޝަނަށް ދެއްކުން
  4. ގޯތީގެ އެއްބަސްވުން ބަދަލުކުރުން ކުރިއަށް ގެންދެވޭނީ، ގޯތީގެ މިލްކުވެރިކަން ޝަރީޢަތް މެދުވެރިކޮށް ގޯތި ގަންނަ ފަރާތަށް ބަދަލުކުރުމުގެ ކުރިން އެއްބަސްވުން ބަދަލުކުރަން އެދި މިކޯޕަރޭޝަނަށް ހުށަހެޅުމުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3355208 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1436

11 ޖަނަވަރީ 2015
ހޯދާ