ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
(IUL)182-REG/23/2023/5 :ނަންބަރު
އެލާރޓް
Telsarta 40 (Telmisartan) އާއި ގުޅޭ
ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި، ފާމް އިވޯ ފާރމަސޫޓިކަލްސް ޕޓޑ، ކަރާޗީ (M/s Pharm Evo Pharmaceuticals Pvt. Ltd, Karachi) އިން އުފައްދާ Telsarta 40 (Telmisartan)ގެ ބެޗްނަންބަރ:2B151ގައި މުށިކުލައިގެ ލައްތަކެއް ހުރުމާއި ގުޅިގެން ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި، އެބޭހުގެ ދެންނެވިފައިވާ ބެޗް ރިކޯލް ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބޭހާއި ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.
މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނަމަވެސް މިވަގުތު މިބޭހުގެ މިބެޗް ރާއްޖޭގައި ނެތްކަން ފާހަގަ ކުރަމެވެ. ނަމަވެސް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި، އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކުން Telsarta 40 Batch #2B151 ސަމާލުވުމަށް ދަންނަވަމެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު ބޭނުންވެލައްވާނަމަ، މިއޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.