މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފަރުކޮޅުފުށްޓާއި ފުރަނަފުށްޓާ ދެމެދުގައި އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރުކުރުން މަނާކުރުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް 11 ޖަނަވަރީ 2015 ގައި ވަނީ ފެށިފައެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ޑްރެޖަރ ވެލި ހިފައިގެން ކައިރި ކުރުމަށް ފަރުކޮޅުފުށީފަޅުގެ ހުޅަނގު އުތުރުކަނުން ފެށިގެން ރޭޑިއަސްގައި ބައިމޭލު ހިމެނޭ ސަރަހައްދެއް ކަނޑައެޅިފައިވެއެވެ. އަދި މި ޑްރެޖަރ ވެލިނަގާ ސަރަހައްދުތަކުން ވެލިބަރުކޮށްގެން ފަރުކޮޅުފުށްޓާ ދިމާއިން ކައިރިކުރުމަށް ކަނޑައެޅިފައިވާ ދިމާއަށް ކައިރިކޮށް ދުރުކޮށް ހަދަމުން ގެންދާނެއެވެ.

ވީމާ، 11 ޖަނަވަރީ 2015 ން ފެށިގެން މި މަސައްކަތް ނިމި ޑްރެޖަރ އަނބުރާ ފުރުމާ ހަމައަށް، ފަރުކޮޅުފުށްޓާއި ފުރަނަފުށްޓާ ދެމެދުގައި އޮންނަ ކުޑަކަޅި ކަނޑުއޮޅިން ދަތުރުކުރުމުގައި އުޅަނދުފަހަރަށާއި، ޑްރެޖަރަށް ދިމާވެދާނެ ނުރައްކަލަކަށްޓަކައި އެ ކަނޑުއޮޅިން ދަތުރު ކުރުން މަނާކޮށްފީމެވެ. އަދި މި ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުފަހަރު ދަތުރުކުރުމުގައި ސަމާލުކަންދީ މި ޑްރެޖަރުގެ ދަތުރުތަކަށް ހުރަސްނޭޅޭނެ ގޮތަށް ތަންދީ ފަރުވާތެރިކަމާއެކު ދަތުރުކުރެއްވުމަށް އަންގައި އިޢުލާން ކުރީމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ