ދިވެހިރާއްޖެ
މި އިންސްޓިޓިއުޓަށް ތިރީގައިމިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 14/2023/1/(IUL)451-PU އިޢުލާނުގައިވާ ސްޕެސިފިކޭޝަން އިސްލާހްކުރުމަށް ބޭނުންވާތީ އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- 4 ކޮމްޕިއުޓަރ ސިސްޓަމް
- 6 މޮނީޓަރ
- 1 ލެޕްޓޮޕް
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 އޭޕްރީލް 19 އިން ފެށިގެން އޭޕްރީލް 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި އިންސްޓިޓިއުޓްގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޭޕްރީލް 30 ވަނަ ދުވަހު 11:30ގައި ސްޓާރކްލައުޑްސް ބިލްޑިންގ (މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރޮކިއުމަންޓް ސެކްޝަން
- ސްޓާރ ކްލައުޑްސް ބިލްޑިންގ (މ.ޗަނބޭލީވިލާ) 05ވަނަ ފަންގިފިލާ
- މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
- ފޯން: 3023511 /3023543
- އީ-މެއިލް:[email protected]
- ކޮޕީ އީ-މެއިލް: [email protected]
- މި މަސައްކަތާއި ގުޅޭ ބީލަން ފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. މިޕްރޮޖެކްޓުގައި ނަންނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511 /3023543ނަމްބަރު ފޯނަށެވެ.