ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސެންޓަރުން ދެއްވާ އިރުޝާދާއި، ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޓައީ ފަހައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރި އިޢުލާން ނަންބަރު IUL)CHSE-SMT/1/2014/40)ފ(05 ޖަނަވަރީ 2015) ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ 3 ފަރާތް ނެތުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ނރ |
ތަފުސީލު |
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
1 |
މިސެންޓަރުން ދެއްވާ އިރުޝާދާއި، ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި 600 ޓައީ ފަހަން ބޭނުންވެއެވެ. |
20 ޖަނަވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި |
25 ޖަނަވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި |
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:
- ޖީ،އެސް،ޓީ.އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން.
- އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ކޮންމެ ކޮމްޕެނީއަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތްތައް
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
- އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ،އެސް،ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓަރީގެ ކޮޕީ
- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން
24 ރަބީޢުލްއައްވަލް 1436