މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ރައްޔިތުންގެ ކޭބަލް ޓީވީގެ ޚިދުމަތް މަރާމާތުކުރުމާބެހޭ

ރ. އަނގޮޅިތީމު ރަޢްޔިތުންގެ ކޭބަލް ޓީވީގެ ޚިދުމަތް މަރާމާތުކުރުމާބެހޭ:

ރ.އަނގޮޅިތީމުގައި ޤާއިމުކޮށްފައިވާ ރަޢްޔިތުންގެ ކޭބަލް ޓީވީ ގެ ޚިދުމަތް އަޕްގްރޭޑްކޮށް މިހާރުދެމުންދާ ޗެނަލްތަކުގެ އިތުރުން 10 ޗެނަލް އިތުރުކޮށް، ރަނގަޅުފެންވަރެއްގައި މިމަސައްކަތް ކުރުމަށް ބޭނުންވެއްޖެއެވެ. މިހެންކަމުން، އަމިއްލަ ތަކެތީގައި މިދަންނަވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

- ތިރީގައި މިދަންނަވާ ތަކެތި ހަރުކުރުން.

އަދަދު

ބާވަތް

އަދަދު

ބާވަތް

02

ޑިޝް 6 ފޫޓުގެ ( ސީ ބްރޭންޑް )

5

 ރިސީވަރ ( ސީ ބޭންޑް )

02

02 ޓެޕް ( 8ung )

1

އެލް އެން ބީ ( 8 ވޭ )

04

އެއަރޓެލް ސެޓް ޓޮޕް ބޮކްސް

9

މޮޑިއުލޭޓަރ

- ކޭބަލް ގުޅާފައިވާ ފޮށިތަކުގައިވާ މައްސަލަތައް ބަލައި ހައްލުކުރުން.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 13:30 ގައެވެ. އަންދާސީހސާބު ބަލައިގަތުން އޮންނާނީ 28 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 13:30 ގައެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ހަމަޖެހިފައިވާ ގޮތަށް ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާގެ ކައުންސިލް ރޫމުގައެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. ބަދަލުގައި ހާޒިރުވާނަމަ ސިޓީ ގެންނެވުން އެދެމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތް ހޮވުމުގައި ބަލާނެ މިންގަނޑު:

- އަގު  %75

- ތަޖުރިބާ  % 15

- މުއްދަތު  % 10

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ