ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮންސަލްޓަންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ / ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް

 

ވަޒީފާގެ ފުރުޞަތު

މި އިޢުލާނަކީ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހި މުވައްޒަފުން ހޯދުމަށް ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމު:

ކޮންސަލްޓަންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ / ކޮންސަލްޓަންޓް އިން ޕީޑިއެޓްރިކްސް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

02 (ދެއެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަކުނުދޫ ސިއްހީމަރުކަޒު

މަގާމު

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

 

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)


ކޮންސަލްޓަންޓް އިން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ

 

CS15-5

 ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

37,400/-

 

CS15-4

 ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

35,810/-

 

CS15-3

 ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

34,210/-

 

CS15-2

 ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

32,590/-

 

CS15-1

     

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

30,990/-

 

ސަރވިސް އެލަވެންސް

-/12750 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލި ހާލަތު ދެނެގަތުން.
  2.  ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން.
  3.  ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް  ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެނައުން.
  4. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އެދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި  ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން.
  5. ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ އާއްމު އަދި ޚާއްސަ އޮޕަރޭޝަންތައް ކުރުން.
  6. މާބަނޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާ ނުރައްކާތެރި ހާލަތްތަކަށް ފަރުވާދިނުން.
  7. ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން.
  8. ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.
  9. އެކިއެކި ޚާއްސަ ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަންމަތީގައި ހުރުމަށާއި އެފަދަ ބަލިތަކަށް ކުރަންޖެހޭ ފަރުވާއާއި ސަމާލުކަންދޭންޖެހޭ ކަންތައްތައް ބަލިމީހާއަށާއި އާއިލާތަކަށާއި މުޖްތަމައުއަށް އޮޅުންފިލުވައިދިނުން.
  10. އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން.
  11. އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމުން ހޭލުންތެރި ކުރުމަށާ ތައްޔާރުކުރާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  12. ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަން ކުރުމާއި އިތުރަށް ތަރައްގީ ކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން
  13. އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
  14. ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކާއި ބޯޑުތަކުގައި މެޑިކަލް ޕޮރްފެޝަނަލެއްގެ ހައިސިއްޔަތުން ބައިވެރިވެ، ސިއްހީ ޚިދުމަތުގައި ހިމެނޭ ފަންނީ ކޮމިޓީތަކާއި ބޯޑުތަކާއި، ސިއްހީ ޚިދުމަތުގެ ފަންނުވެރިން ރެގިއުލޭޓްކުރާ ބޯޑުތަކާއި ކައުންސިލްތަކުގައި ބައިވެރިވެ ލަފާދިނުން.
  15. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 26އެޕްރީލް 2023ވަނަ ދުވަހުގެ 14:00 ގެ ކުރިން ޢިއުލާން ކުރެވިފައިވާ ހޮސްޕިޓަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި  އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  2023 އޭޕްރިލް 25އާއި 2023 މެއި 15 އާއި ދެމެދު މި ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ޚާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 އޭޕްރިލް 2023
ހޯދާ