ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ފެން ރައްކާކުރުމާއި ފެން ބޭނުންކުރުމުގައި ރަނގަޅު އާދަތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ވީޑިއޯ ތައްޔާރުކުރުމާބެހޭ
މިމިނިސްޓްރީން ޔުނިސެފް އެހީގެދަށުން ފެން ރައްކާކުރުމާއި ފެން ބޭނުންކުރުމުގައި ރަނގަޅު އާދަތަކަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް 4 ވީޑިއޯ ސްޕޮޓް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއުރައިގެ ބޭރުގައި:
" Developing Video spot to raise awareness in water conservation and hygiene "
ޖެއްސެވުމަށްފަހު އަދި ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ތިރީގައިވާގޮތަށް އެޑްރެސްކޮށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާނީ މިކަމާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާ އެއްގޮތަށެވެ. ޓީ.އޯ.އާރ މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.