މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - މި އޮތޯރިޓީއަށް ބޭނުންވާ ތަކެތި/ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- Laptop
- High-end Laptop
- IP Phone
- Executive IP Phone
- Computer System
- UPS
- AutoCAD 1 year Subscription
- Adobe Acrobat Pro
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
24 އެޕްރީލް 2023 |
ހޯމަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން |
27 އެޕްރީލް 2023 |
ބުރާސްފަތި |
10:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- އިޢުލާނު ނަންބަރު
- ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ކުންފުނީގެ ނަމާއި ރަޖިސްޓްރޭޝަން ނަންބަރު، އަމިއްލަ ފަރުދެއްނަމަ ވިޔަފާރީގެ ނަމާއި ވެރިފަރާތުގެ ނަން އަދި އައިޑީ ކާޑު ނަންބަރު)
- ފޯނު ނަންބަރު
- މަތީގައި ބަޔާންކޮށްފައިވާ އީމެއިލް މި އޮތޯރިޓީއަށް ލިބުމުން، އެ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން [email protected] މެދުވެރިކޮށް އަންގާނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓްރީ ކުރުމަށް އެދި ފޮނުއްވާ އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 24 އެޕްރީލް 2023 ވާ ހޯމަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- ބީލަން ހުށަހަޅުއްވާއިރު ކޯޓޭޝަން ހުށަހަޅުއްވަންވާނީ ކޮންމެ ލޮޓަކަށްވެސް ވަކި ކޯޓޭޝަންއެއްގެ ގޮތުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611 އަށް ގުޅުއްވުން އެދެމެވެ.
18 އޭޕްރިލް 2023
ހޯދާ