ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން މިހާރު ނުގެންދަވާ ހުރި ކަދުރު ތިރީގައިވާ ތާވަލާއި އެއްގޮތަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ކަދުރުބަލައި އަންނަ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕަކެޓް ކަދުރެއެވެ.
ވީމާ، ކަދުރު ޕެކެޓާއި ޙަވާލުވުމަށް ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި "އުސްގެ" އަށް ވަޑައިގެން ކަދުރާ ޙަވާލުވުން އެދެމެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.
ތާރީޚް |
ގަޑި |
12 އެޕްރީލް 2023 ، ބުދަ |
13:00 ން 14:30 އަށް (ޢާންމު ރައްޔިތުންނަށް) |
13 އެޕްރީލް 2023 ، ބުރާސްފަތި |
13:00 ން 14:30 އަށް (ޢާންމު ރައްޔިތުންނަށް) |
16 އެޕްރީލް 2023 ، އާދީއްތަ |
13:00 ން 14:30 އަށް (ޢާންމު ރައްޔިތުންނަށް) |
17 އެޕްރީލް 2023 ، ހޯމަ |
13:00 ން 14:30 އަށް (ޢާންމު ރައްޔިތުންނަށް) |