މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފާސްކުރެވިފައިވާ ސަރަހައްދުން 3000 އަކަފޫޓުގެ 51  ގޯތި ދޫކުރުމަށް، ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައި މި އިދާރާއިން 2 އެޕްރީލް 2023 ވަނަ ދުވަހު ކުރެވުނު އިޢުލާނާއެކު ޢާއްމުކުރެވިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު-2023" އިސްލާޙުކޮށް ގޯއްޗަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކައުންސިލުން އިސްލާޙުކޮށް އާއްމުކޮށްފައިވާ "ދިރިއުޅުމަށްޓަކައި ބަންޑަރާގޯތި ދޫކުރުމުގެ އުސޫލު-2023" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 18 އެޕްރީލް 2023 ން ފެށިގެން 18 މެއި 2023 ވަނަ ދުވަހުގެ 13:00 ށް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ "ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކޮށް ބަލައިގަންނާނީ 18 އެޕްރީލް 2023 ން 18 މެއި 2023 އަށް ބަންދު ނޫން ކޮންމެ ދުވަހަކު  9:00 ން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.

މި އިޢުލާނާއެކު ތިރީގައި މިވާ ލިޔުންތައް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

  • ނ. މަގޫދޫން ދިރިއުޅުމަށްޓަކައި ބަންޑާރާ ގޯއްޗަށް އެދި ހުށައަޅާ ފޯމު
  • ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2023
  • ނުއުފުލޭ މުދަލުން ތަރިކައިން ލިބިގެން ބިމުން ލިބިފައިވާ ބައި ދޫކޮށްލުމުގެ އިޤްރާރު
  • ބޯހިޔާވަހިކަން ދޫކޮށްލުމުގެ އިޤްރާރު
  • އެކަނިވެރި މައިން/ބަފައިން ދަރިން ބަލަމުންދާކަމުގެ ލިޔުން.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 އޭޕްރިލް 2023
ހޯދާ