ދިވެހިރާއްޖެ
މަޑަވެލި އ.ތ.މ ކުރާ ކޮމިޓީގެ އިމާރަތުގައި ނުނިމި ހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އެޕްރިލް 2023 10:00 ގެ ކުރިން، ކައުންސިލް އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރ ވުމުން ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް ސެޝަން 27 އެޕްރިލް 2023 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ ހޯލުގައި އޮންނާނެއެވެ. އަދި، އަންދާސީ ހިސާބު ބަލައިގަތުން 08 މެއި 2023 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއެކު، މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.