ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/25 |
ތާރީޚް |
26 ރަމަޟާން 1444 |
|
17 އޭޕްރީލް 2023 |
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ރަޖިސްޓަރީކޮށް ގޯތިތައް ސާފުކޮށްބެލެހެއްޓުމާ ބެހޭ
ގދ.ވާދޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި، ބައެއް ފަޅުގޯތިތައް ސާފުކޮށް ބަލަހައްޓަމުން ނުދާތީ އެކަމުގެ ސަބަބުން ސިއްޙީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކާދަނީ ކުރިމަތި ވަމުންނެވެ. އަދި ހަމައެހެންމެ ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ގިނަ ރައްޔިތުންތަކެއް ތިބި އިރު، ދިރިއުޅެން ނުފަށާ، ބެލެހެއްޓުމެއްނެތް ގޯތިތަކެއް ރަށުތެރޭގައި ހުރުމަކީ، ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުސަތު ލިބުމަށްއޮތް ވަރަށްބޮޑުހުރަހެކެވެ. އަދި އެފަރާތްތަކުގެ ޝަކުވާއެއްވެސްމެއެވެ.
ޤާނޫނު ނަންބަރު 01/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު) ގައިވާގޮތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތި ޙަވާލުކުރެވޭ ދުވަހުންފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަދާ، ޢިމާރާތްކޮށް ދިރިއުޅެން ފަށަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހައްދާފައިނުވާ ގިނަ ގޯތިތަކެއް ހުރިކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން ގޯތީގެ ރަޖިސްޓަރީ ހައްދާފައި ނުވާ ގޯތިތަކުގެ ވެރިފަރާތުން 01 ޖޫން 2023 ގެ ނިޔަލަށް ގޯތީގެ ރަޖިސްޓަރީ ހެއްދުމަށްފަހު އިންވަކިރުވުމަށް ދަންނަވަމެވެ.
ޤަވާޢިދު ނަންބަރު 2013/R-2173 މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު ގެ 4 ވަނަ މާއްދާގެ (ހ) ގައި ކޮންމެފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކުގެ މެދާހަމައިން އެ ގޯއްޗަކާވީފަރާތް ކުނިކަހާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައިވާނެވެ. ނަމަވެސް ބައެއް ފަޅު ގޯތިތަކާއި، މީހުން ދިރިއުޅެން ނުފަށާ ގޯތިތަކާއި، މީހުން ދިރިއުޅެމުންދާ ބައެއް ގޯތިތަކާއި އިންވެގެން އޮންނަ މަގުތައް ބަލަހައްޓަމުން ނުދާކަން ފާހަނގަކުރެވެއެވެ. ވީމާ، ޤަވާއިދުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ގޯތީގެ ވެރިފަރާތްތަކަށް އަންގަމެވެ.
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާ ހުރި ގޯތިތަކާއި ފަޅު ގޯތިތަކާބެހޭ ސަރވޭއެއް މިކައުންސިލުން މިގެންދަނީ ކުރަމުންނެވެ. އަދި މިސަރވޭގެ ނަތީޖާގެ އަލީގައި އެކިފަހަރުމަތިން ދޫކޮށް، އެއްވެސް މަސައްކަތެއް ނުކުރާ ގިނަ ދުވަސްވެފައިވާ ފަޅުގޯތިތައް ވަކިކުރެވޭނެ އުސޫލެއް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު ޢާންމުކޮށް،އެފަދަ ގޯތިތައް ވަކިކުރުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންގެންދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވިމެވެ.
ޚާޝިރު މުޙައްމަދު
ކައުންސިލް ނާއިބް ރައީސް