ދިވެހިރާއްޖެ
( ވަޒީފާގެ ފުރުޞަތު ) ޑިވެލޮޕަރ
މި މިނިސްޓްރީއަށް ކޮންޓްރެކްޓް އުޞޫލުން ޑިވެލޮޕަރ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު |
މަޤާމް / މަސައްކަތް |
2 |
ޑިވެލޮޕަރ |
މި މަޤާމު/ މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭ ގޮތައް ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
މަޤާމު/މަސައްކަތަށް އެދި ހުށަހެޅުން:
މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ސިޓީ ހުށަހަޅުއްވާނީ ތިރީގައިވާ އެޑްރެހަށެވެ.
ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 8 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]