އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ވަކާލާތުކުރާނެ ފަރާތެއް ހޯދަން އަލުން އިއުލާން ކުރުން

މި އިޢުލާންވަނީ 27 އޭޕްރިލް 2023 14:32 ގައި ބާތިލް ކުރެވިފައެވެ.



ކުރިޔަށް އޮތް 9 މަސްދުވަހުގެ މުއްދަތަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބޭނުންވާ، ގާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ގާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގަ އާއި ޓްރައިބިއުނަލް ތަކުގައި މި އޮފީހުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)460-AF/460/2023/6 އިއުލާނަށް އެކަށީގެންވާތަރުހީބެއް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވައިލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2023 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ކުރިން މި އޮފީހުގެ 3010996 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ.، އަދި 2023 އެޕްރީލް 24 ވާ ހޯމަ ދުވަހުގެ 11:00 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހުދުހުދު މާލަމަށް ވަޑައިގެން ބިޑްހުށަހެޅުއްވުމަށް ދަންނަވަމެވެ.
17 އޭޕްރިލް 2023
ހޯދާ