ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ވަގުތީ ޑްރައިވަރަކު ހޯދުމާއިބެހޭ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

 

ދާންދޫ ކައުންސިލް އިދާރާގެ ޕިކަޕަށް ވަގުތީ ޑްރައިވަރު ކަމުގެ މަޤާމަށް ކުރިއަށް އޮތް 12 މަސްދުވަހަށް މަސައްކަތް ކުރާނެ މީހަކު ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)410-P/410/2023/14(15 ފެބްރުއަރީ 2023) އިޢުލާން އާއި ގުޅިގެން އެއްވެސް ދިވެއްސެއް ކުރިމަތި ލާފައިނުވާތީ އެނަންބަރު އިޢުލާން ބާތިލްކޮށް އަލުން އެމަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.  މިއީ މިމަޤާމަށް ދިވެއްސަކު ނުލިބިގެން ދިވެއްސަކު ހޯދުމަށް އިޢުލާން ކުރެވޭ 3 ވަނަ ފަހަރެވެ

 

މަޤާމު:

ޑްރައިވަރ

މަޤާމްގެ ނަންބަރު:

J-370335

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދާންދޫކައުންސިލް އިދާރާ

މުސާރަ އާއި އެހެނިހެން އިނާޔަތްތައް:

  • މުސާރަ: މަހަކު 3100.00ރުފިޔާ (ތިންހާ އެއްސަތޭކަ ރުފިޔާ)
  • ސާރވިސް އެލަވަންސް: މަހަކު 1000.00ރުފިޔާ (އެއްހާސް ރުފިޔާ)
  • ސަޕޯރޓިންގ ކޯ އެލަވަންސް: މަހަކު 1200.00ރުފިޔާ (އެއްހާސް ދުވިސައްތަ ރުފިޔާ)
  • މިނިމަމް ވޭޖް: މަހަކު 1917.00ރުފިޔާ (އެއްހާސް ނުވަ ސަތޭކަ ސަތާރަ ރުފިޔާ)
  • ފޯން އެލަވަންސް: 350.00ރުފިޔާ (ތިންސަތޭކަ ފަންސާސް ރުފިޔާ)
  • ރަމަޟާން އެލަވަންސް: އަހަރަކު 3000.00ރުފިޔާ (ތިންހާސް ރުފިޔާ)
  • ރަސްމީ ގަޑީގެ އިތުރުން އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު:

ކޮންމެ ހަފުތާއަކު 6 ދުވަސް  ދުވާލަކު 6 ގަޑި އިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލް އިދާރާއިން އަންގާ އެންމެހައި ތަންތަނުގެ ކުނިތައް ނަގާ އެކުނިތައް ކުނިކޮށްޓަށް ގެންގޮސް ނައްތާލުމުގެ ޑްރައިވަރުގެ މަސްއޫލިއްޔަތު އަމަލީ ގޮތުން ކުރުން
  • އިޖްތިމާޢީ މަރުކަޒު، ކުނިކޮށި އަދި ޤަބުރުސްތާން، ބަނދަރު، ޕާރކް އަދި އިޖުތިމާޢީ ސަރަހައްދުތަކުންނާއި މަގުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތަކުން ނެގޭ ކުނިތައް ކުނިކޮށްޓަށް ގެންގޮސް ރައްކާތެރިގޮތުގައި ނައްތާލުން.
  • ކައުންސިލުން އަމަލުކުރަމުންދާ ޕިކަޕް އުސޫލާއި އެއްގޮތަށް ޕަކްޕް ދަތުރުތައްކޮށް ލިބޭ ނަގުދު ފައިސާ ކައުންސިލްގެ ކަމާއި ބެހޭ މުވައްޒަފަށް ދުވަހުން ދުވަހަށް ހަވާލުކުރުން.
  • ދާންދޫ ކައުންސިލްގެ ޕިކަޕް ދޮވެ ސާފުކޮށް ޗާރޖްކޮށް މަރާމާތްކޮށް ބަލަހައްޓައި ސެޑިއުލާއި އެއްގޮތަށް ސަރވިސްކޮށް ހެދުން.
  • ކުނި އުކާލުމުގެ ނިޒާމްގައި ޕަކަޕްގައި ހަރަކާތްތަރިވާ މުވައްޒަފުންގެ ޓީމްގެ އިސް މީހެއްގެ ގޮތުން ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއިއެކު ޓީމް ގޮވައިގެން ހަރަކާތްތެރިވުން
  • ކޮނުކޮށީގައި ކުނި ޖަމާވެއްޖެނަމަ ކުނިބުނިތައް ރައްކާތެރިކަމާއި އެކު އަންދައި ކުނިނައްތާލައި ކުނިކޮށި މެނޭޖްކޮށް ބެލެހެއްޓުން.
  • ކައުންސިލްގެ ކުނިމޭނޭޖް ކުރުމުގެ ޕްރޮގްރާމްގެ އިތުރުން ކައުންސިލުން ކަނޑައަޅާއި އަންގާ މަސައްކަތްތައް ކުރުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލް އިދާރާގެ މަސައްކަތާ ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް އަށް ޖަވާބުދާރީވުން
  • ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން. އިންސާފު ވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި،  ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  • ކަމާއިގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. ނުވަތަ
  • އަދި 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު ލިޔަން ކިޔަން ދަތުން، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި،  މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއް ކަމުގައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ޓްރާންސްޕޯޓޭޝަން ސާވިސަސް

ތައުލީމީ ރޮނގުތައް:

  • ލިޔަން ކިޔަން އެގުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާގެލިޔުން.
  6. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ޑްރައިވިން ލައިސަންސް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް  2023 ގެ 14:00 ގެ ކުރިން،ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 02 މެއި 2023 އާއި 03 މެއި 2023 އާއި ދެމެދު (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

16 އޭޕްރިލް 2023
ހޯދާ