މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން

       މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މިއިމްތިޙާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 

އަންހެން އެގްޒަމިނަރުން:

ބޭނުންވާ ޢަދަދު: 02

 

ފިރިހެން އެގްޒަމިނަރުން:

ބޭނުންވާ ޢަދަދު 02

 

އެގްޒަމިނަރުންގެ ޝަރުތު:

1- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްA1, A, B1, C1, C3, C4 ކެޓަގަރީތައް ދުއްވުމުގެ ހުއްދައޮތް މީހަކު ކަމުގައިވުން.

 2- ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

3- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް އޮތުން.

4- ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.

5- ވެލިދޫ ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

6- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

7- ރަށުގައި ދިރިއުޅޭ ޤާއިމްވެ ހުންނަ މީހަކަށްވުން.

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ  A0, A1 ކެޓެގަރީގެ އުޅަނދަކަށް -/35 ރުފިޔާ.
  • އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/50 ރުފިޔާ.

 

  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް/އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަދި  ރަށުގައި ދިރިއުޅޭ ރަށުގައި ޤާއިމްވެ ހުންނަ މީހުންނަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  •  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  •  ޕޮލިސް ރިޕޯޓު (ދޫކުރި ތާރީޚުން ފެށިގެން 3 މަސް ނުވާ)
  •  ކުށުގެ ރިކޯޑު ފޯމް
  •  އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ (މުއްދަތު ހަމަނުވާ) ހެވީ ވެހިކަލް ކެޓަގަރީ އަށް ހުށަހަޅާ ނަމަ އޮޕަރޭޓިންގ ޕަރމިޓުގެ ކޮޕީ

 

       ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 30 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުކަމަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯރޑް ސާފުކުރާ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

17 އޭޕްރިލް 2023
ހޯދާ