ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 އޭޕްރިލް 2023 13:56 ގައި ބާތިލް ކުރެވިފައެވެ.
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ހައުސްކީޕިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ – ގރ 02 |
މުސާރަ: |
މަހަކު -/5750 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2300 ރުފިޔާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުޅުމާލެ ފެސިލިޓީ. ނަމަވެސް، ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ހައުސް ކީޕިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތައް ފެސިލިޓީތަކަށް ހަމައަށް ލިބޭކަން ކަމާބެހޭ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކަށަވަރު ކުރުން. - އެކޮމަޑޭޝަން ފެސިލިޓީތަކުގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުން. - ހުރިހާ ކޮޓަރިތަކެއް އަދި އެކޮމަޑޭޝަން ބްލޮކްތައް ޤާއިމްކުރެވިފައިވާ މިންގަނޑަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުން. - ތަނުގައި ބޭނުންކުރެވޭ ތަކެއްޗާއި، ބެހެއްޓިފައިވާ މުހިންމު އާލާތްތައް/ މެޝިނެރީސްތައް ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރު ކުރުން - ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން. - ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި،އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުން - ތަނުގެ އާއްމު ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން - ތަނުގައި ބަހައްޓަންޖެހޭ ސައިން ބޯޑްތައް/ލިޔުންތައް ހަމައަށް ހުރިތޯބެލުމާއި، ނެތްކަމަށް ފާހަނގަވާ ބޯޑެއް/ލިޔުމެއް ވާނަމަ ވެރިންނާއި ވާހަކަދައްކައިގެ އެފަދަ ތަކެތި ހަމަކުރުން. |
ސުންގަޑި: |
- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 23 އޭޕްރިލް 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މެއި މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
25 ރަމަޟާން 1444