ދިވެހިރާއްޖެ
މިމިނިސްޓްރީއިން ކ.މަނިޔަފުށީގައި ދިރޭކާނާ އާލާކުރާ ފޮޓޯބަޔޯ ރިއެކްޓަރ ބެހެއްޓުމަށް ބޭނުންވާ ކޮޓަރި މަރާމާތުކޮށް ބައެއް ތަކެތި ހޯދަން ކުރެވުނު އިޢުލާން ނަމްބަރު (IUL)30-C/30/2023/82 އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ބަޖެޓަށްވުރެ ބޮޑުވުމުން މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 26 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028703,3322242,އަދި 3339282 ނަންބަރު ފޯނަށެވެ.