މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޝެއަރ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުން

ނާއިންފަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން:     26 އޭޕްރީލް 2023، 11:00އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމު ކުރެވިފައިވާ އާރް.އެފް.ޕީއާއި އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ރަމަޟާން 1444

16 އޭޕްރިލް 2023
ހޯދާ