ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކައުންސިލުގައި ބޭނުންކުރަމުންދާ އިންޓަރނެޓް ޕެކޭޖް އަޕްގްރޭޑްކުރުމަށް ބޭނުންވެގެން ކުރި ނަންބަރު: 21/2014/1/CA-ފ219(IUL)ފ(23 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑުތަކުގައި ދީފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ ބިޑުތައް ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
15 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
19 ޖަނަވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003886 ނުވަތަ 3003995 ނަންބަރު ފޯނާއެވެ.
17 ރަބީޢުލްއައްވަލް 1436