ދިވެހިރާއްޖެ
އިޢުލާން
ވެއްޔާއި އަކިރި ނެގުމާގުޅޭ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 4/93 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ) ދަށުން، ވެއްޔާއި އަކިރި ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެކެވެ.
ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެއްޓާއި، ޤުދުރަތީ ވަޞީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ރަށްގިރުމާއި ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެކެވެ. މީދޫ އަކީ މިހާރުވެސް ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޖައިކާ ގުޅިގެން ސާރވޭތަކެއް ކުރައްވަމުން އަންނަ ރަށެކެވެ.
އެހެންނަމަވެސް، އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދާކަން މިއޮފީހަށް ވަނީ ފާހަނގަ ކުރެވިފައެވެ. އަދި ވެއްޔާއި އަކިރި ވިޔަފާރި ކުރަމުންދާ ކަމުގެ މަޢުލޫމާތުވެސް މިއޮފީހަށް ލިބިފައިވެއެވެ. މިކަން ހުއްޓުމުވުމަށްޓަކައި ހުޅުމީދޫ ޕޮލިސް އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ޙަރަކާތްތެރިވަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އެއްވެސް ފަރާތަކުން ގޮނޑުދޮށުން ވެލނަގާތަން ފެނިއްޖެނަމަ ނުވަތަ ވެލިނަގައި ވިއްކާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ 7789041 ނުވަތަ ހުޅުމީދޫ ޕޮލިސް ސަރވިސްގެ ނަންބަރު 9791366 އަށް ވަގުތުން ގުޅުއްވުން އެދެމެވެ.
ވީމާ، އެއްވެސް ފަރާތަކުން ޤަވާއިދާ ޚިލާފަށް ގޮޑުދޮށުން ވެލި ނުނެގުމަށާއި، ޤަވާޢިދާ ޚިލާފަށް ނަގާވެލި ނުގަތުމަށް އިލްތިމާސް ކުރަމެވެ. އަދި ޤަވާޢިދާ ޚިލާފަށް ވެލި ނަގާ ފަރާތްތަކާއި ވެލި ގަންނަ ފަރާތްތަކާމެދު މިއަދުން ފެށިގެން، ތިމާވެށި ޙިމާޔަތް ކުރުމާބެހޭ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
25 ރަމަޟާން 1444 ހ
16 އެޕްރީލް 2023 މ
