ދިވެހިރާއްޖެ
1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާއި ގުޅޭ.
1444 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކައުންސިލަށް ލިބިފައިވާ 377 ޕަކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، 1443 ވަނަ އަހަރު ގދ.މަޑަވެލީ ފަޤީރުންގެ ރަޖިސްޓްރީގައިވާ 53 ގޭބިސީންކުރެ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ބެހުމަށްފަހު ބާކީވާ 324 ޕަކެޓް ކަދުރު ހުސްވަންދެން އެހެނިހެން ގޭބިސީތަކުން އެންމެ ފުރަތަމަ އަންނަ ފަރާތަށް އިސްކަންދޭ އުޞޫލުން ގޭބިސީއަކަށް 1 ޕަކެޓް ކަދުރެވެ.
ގޭބިސީތަކަށް ކަދުރު ބަހާނީ 2023 އެޕްރީލް 16 އިން 2023 އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 – 12:00 އަށެވެ. އަދި ކަދުރާއި ޙަވާލުވުމަށް އަންނަ ފަރާތުގެ އައިޑީކާޑު ގެނައުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.