ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިދަންނަވާ ތަކެތި ދުވަހުނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

އިޢުލާނު

މިތާގެ މިދަންނަވާ ތަކެތި ދުވަހުނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ހަލާކުވެފައިވާ 200 ފީފާ:

މިތަކެތީގެ ނީލަންފެށޭ އަގަކީ -/2000 ރ ( ދެހާސްރުފިޔާ ) އެވެ. މިއަގަށް އިތުރުކުރެވޭނީ މަދުވެގެން -/200 ރ ( ދުއިސައްތަ ރުފިޔާ) އެވެ.

ވީމާ މިތަކެތީގެ ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ސިޓީއުރައެއްގައި ބަންދުކޮށް 15 ޖަނަވަރީ 2015 ވާ ބުރާސްފަަަަަތި ދުވަހުގެ 13:00 އަށް މިތަނަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މިނީލަން ނިމޭތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރިފަރާތުން ފައިސާދެއްކެވުމަށްފަހު ތަކެތި ގެންގޮސް ތަން ސާފުކުރަންވާނެއެވެ. މިމުއްދަތުގައި މިމަސައްކަތް ނުނިމިއްޖެނަމަ ނީލަން ބާތިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ.            

20 ރަބީޢުލްއައްވަލް 1436  

11 ޖަނަވަރީ 2015
ހޯދާ